ކުއްޔަށް ދިނުން
ނަންބަރު: 374-C/2013/21
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2013
ޕަބްލިޝްކުރި ގަޑި: 2006
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމަށް ބޭނުންވާ ފަރާތްތަކަށް ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން

ނިލަންދޫގެ ބިނާވެށި ޕްލޭނާ އެއްގޮތަށް 2013 ވަނަ އަހަރު ދޫކުރުމަށް ހަމަޖައްސާފައިވާ ބިންތަކުގެތެރެއިން މަސް ކައްކައި ހިއްކުމަށް ބޭނުންވާ ފަރާތްތަކަށް ބީލަމުގެ އުސޫލުން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ބިންދޫކުރާގޮތަށް ހަމަޖައްސައިފީމެވެ. މިފަހަރުގައި ދޫކުރުމަށް ހަމަޖައްސާފައިވަނީ 1750 އަކަފޫޓްގެ 10 ބިމެވެ. ބީލަން ފެށުމުގެ އަގަކީ އަކަފޫޓަކަށް މަހަކު 15/- (ފަނަރަ) ލާރިއެވެ. ކުއްޔަށް ހިފުމަށް އެދޭ ބިމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 02/- ލާރިއެވެ. ރަސްމީ 03 ދުވަސްވަންދެން ޖެހިޖެހިގެން އެއްއަގެއްގައި އެއްބިމެއް އޮވެއްޖެނަމަ އެބިމެއް ހުށަހެޅި ފަރާތަކަށް އެބިމެއްގެ ބީލަން ނިންމާލެވޭނެއެވެ. އެއްބިމެއްގެ ބީލަމުގެ މުއްދަތު ހަމަވާއިރު އެއްއަގެއްގައި އެއްފަރާތަކަށްވުރެ ގިނަފަރާތަކުން ހުށަހަޅާފައިވާނަމަ އެބިމެއްގެ މައްސަލަ ނިންމާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. އަގެއް ހުށަހަޅައިގެން ބިމުގެ ބީލަން ނިމޭއިރު، ބީލަން ކާމިޔާބު ކުރި ފަރާތުން އެބިމެއް ދޫކޮށްލައިފިނަމަ ދެން އެބިމެއް ކާމިޔާބު ކުރެވުނު ކަމަށް ބަލާނީ އޭގެކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. އަދި ބީލަން ކާމިޔާބު ވުމަށްފަހު އެބިން ދޫކޮށްލާނަމަ ދޫކޮށްލާކަން މިއިދާރާއަށް ރަސްމީކޮށް އަންގަންވާނެއެވެ. އެގޮތަށް އަންގާ އެންގުންވެސް އަންގަންވާނީ ބީލަން ހުށަހަޅަން ހަމަޖައްސާފައިވާ ގަޑީގައެވެ. ބިންތަކުގެ ބީލަން ނިމުމަށްފަހު ބިމެއް ދޫކޮށްލާނަމަ އެންމެކުރިން ޖެހިގެންއަންނަ ރަސްމީދުވަހެއްގައި މިއިދާރާއަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2013 މެއި 5 ވަނަ ދުވަހުން ފެށިގެން ލިޔުމަކުން މިއިދާރާއަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. އެއްބިމަށްވުރެ ގިނަ ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކުން ހުށަހަޅާ ލިޔުމުގައި ކުއްޔަށް ހިފަން ބޭނުންވެލައްވާ ބިމުގެ ނަންބަރާއި އަގު ސާފުކޮށް އެނގެން އޮންނަންވާނެއެވެ. ބިމުގެ ނަންބަރު ތަރުތީބު ކޮށްފައިވާގޮތް އަންގައިދޭ ޗާޓް މިއިޢުލާނުގައި ހިމެނިފައިވާނެއެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " މަސްކައްކާ ހިއްކުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމަށްއެދި " މިހެން ލިޔެފައި އޮންނާނެއެވެ. ހުށަހަޅާ ބީލަންތައް ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 01:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމް ގައެވެ. ހުށަހަޅާ ބީލަންތައް ކެނޑުން އޮންނާނީ އެދުވަހެއްގައި ބީލަންތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިގަތުމެއް ނޯންނާނެއެވެ. ބިންތައް ކުއްޔަށް ހިފުމަށްއެދޭ ފަރާތްތަކުން ހުށަހަޅާ އެންމެފަހުގެ މަޢުލޫމާތު މިއިދާރާގެ ނޯޓިސްބޯޑުގައި ހަރުކޮށްފައި ބެހެއްޓޭނެއެވެ.

 މިހާރުގެ ކުނިގޮނޑު

10

09

08

07

06

05

04

03

02

01

18 ރަބީޢުލްއާޚިރާ 1434

2013-04-28