ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2013/36
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2013
ޕަބްލިޝްކުރި ގަޑި: 1949
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފާމަސީނޫން ފިހާރަތަކުގައި ވިއްކުން ހުއްދަކުރާ ޑޮކްޓަރީ ބޭސް

މިހާރަކަށް އައިސް ފާމަސީ ނޫން ފިހާރަތަކުގައި ބޭސް ސިޓީ ނެތި ވިއްކުން ހުއްދަ ނުކުރާ ބޭސް ގިނަ އަދަދަކަށް ވިއްކަން ހުންނަކަން ދަނީ ފާހަގަކުރެވެމުންނެވެ. މިކަމުގެ ސަބަބުން ބޭސް ބަހައްޓަންޖެހޭ މިންގަނޑުތަކަށް ނުބެހެއްޓުމާއި ނަހަމަގޮތުގައި ބޭސް ބޭނުންކުރުމުގެ ފުރުޞަތު ބޮޑުވުމުގެ އިތުރުން ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެކަމަށްޓަކައި ވިޔަފާރިކުރާ އާންމު ފިހާރަތަކުގައި މިފަދަ ބޭސް ބަހައްޓައިގެން ވިއްކުމަކީ މަނާކަމެއްކަމުގައި އަންގާ އިޢުލާނު ކުރީމެވެ.

ވިޔަފާރިކުރާ އާންމު ތަންތަނުގައި ވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަކުރާ ބޭސްތަކުގެ ތަފުސީލު ލިސްޓެއް  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.trade.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

04 ޖުމާދަލްއާޚިރާ 1434

2013-04-14