ވަޒީފާގެ ފުރުޞަތު
ނަންބަރު: C14-SM/IUL/2019/03
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 22:50
ސުންގަޑި: 26 އޮގަސްޓް 2019 14:00
މާއުނގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރެޖިސްޓާރޑް ނާރސް

އިޢުލާން

މަޤާމް: ރެޖިސްޓާރޑް ނާރސް
މަޤާމުގެ ނަންބަރު: J-308062
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ކްލެސިފިކޭޝަން: ނަރސިންގ ޕްރޮފެޝަނަލްސް
މަޤާމް: ރޭންކް މަޤާމުގެ ޝަރުތު މަޤާމުގެ އަސާސީ މުސާރަ
ރެޖިސްޓާރޑް ނާރސް CS08-1 ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މަހަކު -/9060 ރުފިޔާ
CS08-2 ރެޖިސްޓަރޑް ނަރސް، ސީއެސް8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. މަހަކު -/9210 ރުފިޔާ
CS08-3 މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މަހަކު -/9360 ރުފިޔާ
ވަޒީފާ އަދާކުރަން ޖެހޭ ތަން: ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒު، ށ.މާއުނގޫދޫ
ސަރވިސް އެލެވަންސް: ނިކުންނަ ދުވަހަކަށް -/188 ރުފިޔާ
އެހެނިހެން އެލަވަންސް:

1 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2 ސިވިލްސާރވިސްގެ ވުވައްޒަފުންނަށް ހަމަޖެހިފައިވާއުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާއަތްތަށް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
  1. އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުން ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
  2. ދިމާވާ އެމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖުކުރުން
  3. ބަލިމީހުންނަށްދެވޭ ނާރސިންގކެއަރ ރޭވުމުގައި ނަރުހުންނާއި އެންރޯލްޑް ނަރުހުންނަށް މަޢުލޫމާތު ދިނުން
  4. އެންރޯލްޑް ނަރުހުންނާއި، އެޓެންޑެންޓް ސްޕަވައިޒުކުރުން
  5. ރަސްމީގަޑި ނޫން ވަގުތުތަކުގައި މަރުކަޒުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ނާރސިންގއާއި ބެހޭ ކަންތައްތައް ހައްލުކުރުމާއި އެހެން ކަންތައްތައް ކޯޑިނޭޓްކުރުން
  6. މަރުކަޒުގައި ބަލިމީހުންނާއި ބެހޭ ގޮތުން ހިނގާ އާދަޔާ ޚިލާފު ހާދިސާތައް މަރުކަޒު ޙަވާލުވެ ހުރިފަރާތައް ދެންނެވުން
  7. މަރުކަޒުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންތައްތައް ޙާޞިލްކުރުމަށްޓަކައި އެމުވައްޒަފެއްގެދާއިރާއިން އިޚްލާސްތެރިކަމާއި ހިތްވަރާއެކު މަސައްކަތްކުރުން.
  8. މިނިސްޓްރީ އޮފް އެމްޕްލޯއީމަންޓް އެންޑް ލޭބަރގެ ވަޒީފާއާއިބެހޭ ޤާނޫނާއި އެންމެހާ ޤަވާއިދުތަކާއި،  ސަރކިއުލާތަކުގައިވާ ކަންތައްތަކަށް  ހުރުމަތްތެރިކޮށް ހިތުން  
  9. ރާއްޖޭގައި ފަރުވާދިނުމަށް ކަނޑައެޅިފައިވާ ގައިޑްލައިންސްތަކާއި ޚިލާފުނުވާގޮތަށް ޑޮކްޓަރުންދެއްވާ އޯޑަރުތަކަށް ތަބާވުމާއި ، ބަލިމީހުންނަށް ނާރސިންކެއަރ ދިނުން .

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ށ.މާއުނގޫދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 5 ސެޕްޓެމްބަރ 2019 އާއި 15 ސެޕްޓެމްބަރ 2019 އާ ދެމެދު، ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒުގައެވެ. 

 ޝޯޓް ލިސްޓްކުރުން:  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540592 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. 

7 ޛުލްޙިއްޖާ 1440

08 އޮގަސްޓް 2019