ވަޒީފާގެ ފުރުޞަތު
ނަންބަރު: C14-SM/IUL/2019/02
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 2204
ސުންގަޑި: 26 އޮގަސްޓް 2019 1400
މާއުނގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

 

އިޢުލާނު

މަޤާމް:

 މަސައްކަތު

މަޤާމުގެ ނަންބަރު: 

 J-277713

ބޭނުންވާ އަދަދު:

 1 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒު، ށ.މާއުނގޫދޫ

މުސާރަ:

 3100 ރުފިޔާ

ސަރވިސް އެލެވަންސް:

 1000 ރުފިޔާ

އެހެނިހެން އެލަވަންސް

1 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2 ސިވިލްސާރވިސްގެ ވުވައްޒަފުންނަށް ހަމަޖެހިފައިވާއުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާއަތްތަށް

3 ސަޕޯޓިން ކޯ އެލެވެސް މަހަކު 1200 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ކުނިކަހާ ސާފުކުރުން.
 2. ޞިއްހީމަރުކަޒުން އުކާލަންޖެހޭ ކުނީގެ ބާވަތްތައް، އުކާލުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ގެންދިޔުން.
 3. ކުނިކެހުމަށް ބޭނުންވާ ތަކެތި މަސައްކަތަށް ދަތިނުވާނޭ ގޮތަށް ކަމާއި ބެހޭ ފަރާތާއި ގުޅައިގެން ހޯދުން.
 4. މަރުކަޒުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ހަރަކާތް ކުރިޔަށްގެންދާ ތަން / ގޯތިތެރެ ތައްޔާރުކުރުން.
 5. މަސައްކަތުގައި ބޭނުންކުރާ ބަރޯފަދަތަކެތި ރަނގަޅަށް ބެލެހެއްޓުން.
 1. މަރުކަޒުގެ އޮފީސް ޢިމާރާތް ފޮޅާ ސާފުކޮށް މޮޕްލުމާއި، ބޮޑު ދޮރު ތަކާއި، ކުޑަދޮރުތައް ބިއްލޫރިތަކާއިއެކު ފޮހެ ސާފުކުރުން.
 2. އޮފީސް ބައިގެ މޭޒުތަކާއި،ކަބަޑު ތަކާއި، ފަންކާތައް ފޮހެ ސާފުކުރުން.
 3. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ބަގީޗާ ގަހާއި، އެހެނިހެން ގަސްއިންދާ ހައްދާ ގޯތިތެރެ ޒީނަތްތެރި ކުރުން. އަދި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
 1. މަރުކަޒުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ކޮށާ ބެލެހެއްޓުމާއި ރުއްތައް ސާފުކުރުން.
 2. މަރުކަޒުގެ ފުރާޅާއި، ދިޔަދޮވިތައް ސާފުކޮށް ވާރޭ ފެންނެގުން.
 1. އޮފީސްބައިގެ ފާޚާނާ ކޮންމެ ދުވަހަކު ސާފުކުރުން.
 1. އެކިފަރާތް ތަކަށް ޙަވާލުކުރަން ޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި އޮފީހުން ނުވަތަ ސުޕަވަޒަރު އަންގާ ގޮތެއްގެމަތިން ކަނޑައެޅިފައިވާ ވަގުތުގައި ހަވާލުކުރުން.
 2. ސްޓޯރ ރޫމްތަށް ސާފުކުރުމާއި މަރުކަޒަށް ގެންނަންޖެހޭތަކެތި ޕްރޮކިއުމަންޓް ސެކްޝަން / އޮފީހުން އަންގާ ގޮތެއްގެމަތިން ގެނައުން.
 3. މަރުކަޒުންނާއި ސްޕަވައިޒަރު އަންގަވާ ރަސްމީ މަސައްކަތްތަށް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ. 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ށ.މާއުނގޫދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 5 ސެޕްޓެމްބަރ 2019 އާއި 15 ސެޕްޓެމްބަރ 2019 އާ ދެމެދު، ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540592 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

7 ޛުލްޙިއްޖާ 1440

8 އޯގަސްޓް 2019

2019-08-08