ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2019/98
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1145
ސުންގަޑި: 06 އޮގަސްޓް 2019 1400
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރެއިނީ (ޕާރޓްޓައިމް)

މަޤާމް :

އޮފިސަރ ޓްރެއިނީ  (ޕާރޓްޓައިމް)

ބޭނުންވާ އަދަދު:

02 (ދޭއް)

މުސާރައާއި އެލަވަންސް:

 1. މުސާރަ: މަހަކު -/2200 ރުފިޔާ ( ދެހާސް ދުއިސައްތަ ރުފިޔާ)
 2. ސަރވިސް އެލަވަންސް: މަހަކު -/945 ރުފިޔާ ( ނުވަސަތޭކަ ސާޅީސްފަސް ރުފިޔާ)
 3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/30 ރުފިޔާ ( ތިރީސް ރުފިޔާ ) 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 • ޖީ.ސީއީ އޭލެވެލް  އިމްތިހާނުގެ 1 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން އަދި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް  ލިބިފައިވުން ނުވަތަ؛
 • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 1 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ،
 •  ގްރޭޑް 8ގެފެންވަރު ހުރުމާއި ކުރެވޭއިންޓަރވިއުއިން ފާސްވުން
 • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުން
 • ޝިފްޓް ޑިއުޓީތަކުގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
 • މަސައްކަތް ކުރުމުގައި ޕާރުސަލްތައް ކޮންމެވެސް ވަރަކަށް އުފުލުމާއި ކޮޅަށްހުރެގެންނާއި އިށީންދެ އިދެގެން ކުރަންޖެހޭ މަސައްކަތް  ހިމެނިފައިވުމާއެކު އެކަމަށް އެކަށީގެންވާ ޖިސްމާނީ ޤާބިލްކަން ހުރުން.
 • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން

މަޤާމްގެ މަސްޢޫލިއްޔަތު

 • ޕިކްޕޯސްޓްތަކުގަ ހުންނަ ލޮކަރުތައް ފިލްކުރުމާއި އެކަމާގުޅިގެން ކުރަން ޖެހޭ މަސައްކަތް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • ލިބިފައިވާ ތަޢުލީމާއި ތަމްރީން
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
 • ކުރެވޭ އިންޓަރވިއު
 • ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރި މިންވަރު
 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

މަސައްކަތު ގަޑި:

 • ހަވީރު 4 އިން ފެށިގެން ރޭގަނޑު11:00އާ ދެމެދު އޮންނަ ޝިފްޓް ޑިއުޓީއެއްގައި 4 ގަޑިއިރު
 • ރަސްމީ ބަންދު ދުވަސްތަކުގައި އޮންނަ ޝިފްޓް ޑިއުޓީއެއްގައި 4 ގަޑިއިރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
 • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
 • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
 • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
 • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 އޯގަސްޓް 6 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

 • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
 • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ: 3321559 އެވެ.
2019-07-31