ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2019/58
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 07 އޮގަސްޓް 2019 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދަދޫކުރުމާއި ގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ގެޒެޓްކޮށްފައިވާ ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މާލެ ސިޓީ (މާލޭ، ވިލިމާލޭ، ހުޅުމާލޭ) ގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަންވާނީ ކޮންމެ އަހަރެއްގައި 2 މުނާސަބަތާއި ގުޅިގެން ކަމަށް މާލެ ސިޓީކައުންސިލްގެ 3 ވަނަ ދައުރުގެ 14 ވަނަ ކުއްލި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

            މިގޮތުން މާލެ ސިޓީ (މާލޭ، ވިލިމާލޭ، ހުޅުމާލޭ) ގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވޭނެ ދުވަސްތަކަކީ:

  1. ޝަޢުބާން މަސް ތެރޭގައި
  2. ސްކޫލް ބޮޑު ބަންދު ތެރޭގައި

          ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ މާލެ ސިޓީ ކައުންސިލުން  އެކަމަށް ހުޅުވާލުމުން ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

               26 ޛުލްޤައިދާ 1440

               29 ޖުލައި  2019

29 ޖުލައި 2019