ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރުމަށްޓަކައި އާސަންދަ ކޮމްޕެނީ ލިމިޓެޑުން ފަށާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ހުއްޓިފައިވާ ނުވަތަ ވަގުތީގޮތުން ހުއްޓުވާފައިވާ ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް މުރާޖަޢާކޮށް، ކުންފުންޏަށް އެންމެ ފައިދާހުރިގޮތަކަށް، އެޕްރޮޖެކްޓްތަކާއިގެން ކުރިއަށްދާނެ ގޮތުގެ ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް އާސަންދަ ކޮމްޕެނީ ލިމިޓެޑް (ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ވަގުތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން: 01 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00
އަންދާސީ ހިސާބު ހުށަހެޅުން: 7 އޯގަސްޓް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
25 ޖުލައި 2019
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: +960 3011418 ފެކްސް: +960 3013636