ދިވެހިރާއްޖެ
މިރަށު ޖެޓީގެ އުތުރުން ހިރިހަކަތަ ތެޔޮފިހާރަކައިރިން ތެޔޮ ވިއްކުމުގެ ވިޔަފާރީކުރުމަށް 900 އަކަފޫޓުގެ ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާގޮތަށް މިކައުންސިލުން ނިންމާފައިވާތީ މިބިން ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކުން ބިޑްހުށަހެޅުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިފީމެވެ.
މިބިން ކުއްޔަށް ދެވޭނެ އުސޫލުތައްހިމެނޭ ބިޑްފޮތް 29 ޖުލައި 2019 ވާ ހޯމަ ދުވަހުން ފެށިގެން 04 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/500 (ފަސްސަތޭކަ ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވާގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީހް  | 
 ދުވަސް  | 
 ގަޑި  | 
| 
 މައުލޫމާތު ބައްދަލުވުން  | 
 ތ.ހިރިލަންދޫ ކައުންސިލް އިދާރާ  | 
 05 އޯގަސްޓް 2019  | 
 ހޯމަ  | 
 10:00  | 
| 
 ބިޑް ހުށައެޅުން  | 
 ތ.ހިރިލަންދޫ ކައުންސިލް އިދާރާ  | 
 08 އޯގަސްޓް 2019  | 
 ބުރާސްފަތި  | 
 10:00  | 
މިއިއުލާނާ ގުޅިގެން ހުށަހެޅޭ މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ބައްދަލުވުމަށް އަދި ބިޑް ހުށަހެޅުމަށް ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. މި އިއުލާނާއެކު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތްތަން އަންގައިދޭ ޗާޓެއް ވާނީ ހިމަނާފައެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.