ދިވެހިރާއްޖެ
ވިލިމާލޭގައި ޖުޑީޝަލް އެކެޑަމީ ހިންގަމުންގެންދާ ޢިމާރާތަށް ބޭނުންވާ އެއަރކަންޑިޝަންހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
ވިލިމާލޭގައި ޖުޑީޝަލް އެކެޑަމީ ހިންގަމުންގެންދާ ޢިމާރާތުގައި ހަރުކޮށްފައިހުރި އޭސީތައް ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެފައިވާތީ އެތަކެތި ނައްޓާލުމަށްފަހު، އައު އޭސީތައް ހަރުކުރުމަށް ބޭނުންވެއެވެ.
މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓު http://www.judiciary.gov.mv ގެ ނޯޓިސް ބޯޑު ބައިން ލިބެން ހުންނާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ވިލިމާލޭގައި ހުންނަ ޖުޑީޝަލް އެކެޑަމީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 31 ޖުލައި 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 09:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ޖުޑީޝަލް އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޛުލްޤަޢިދާ 1440