ދިވެހިރާއްޖެ
އިޢުލާން
1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވާން އެދޭ ފަރާތްތަކަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލުމާއި ބެހޭ،
1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް 15 ޖުލައި 2019 އިން ފެށިގެން 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެފުރުޞަތު ހުޅުވާލަމެވެ.
1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.
ތާރީޚް: 15 ޖުލައި 2019 އިން ފެށިގެން 17 ޖުލައި 2019 އަށް
ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ : 09:00 އިން 13:00 އަށް.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން.
ތާރީޚް: 15 ޖުލައި 2019 އިން ފެށިގެން 01 އޮގަސްޓް 2019 އަށް
ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ : 09:00 އިން 13:00 އަށް.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން " ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު" ފުރުއްވުމަށްފަހު 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.