ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)403-A/403/2019/67
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1207
ސުންގަޑި: 24 ޖުލައި 2019 1300
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

ލ.މާމެންދޫ / ދިވެހިރާއްޖެ                                      

ނަންބަރ: (IUL)403-A/403/2019/67

އިޢުލާނު

ވަޒީފާގެ ފުރުޞަތު:  

         މިކައުންސިލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރ:

J-231629

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް1

-/1200 ރުފިޔާ

އެހެނިހެން އިނާޔަތް ތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

- ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

1. ކޮންމެ ރަސްމީ ދުވަހަކު އެއްފަހަރު ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި ކައުންސިލް އިދާރާގެ އިންވެގެންވާ މަގުތައް ކުނިކަހައި ސާފުކުރުން

2. ކައުންސިލްގެ އިދާރާގެ އެތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި އަދި ކޮމްޕިއުޓަރ، މޭޒު،ފަންކާ، ސެލްފުތައް އަދި ކުޑަދޮރުތައް ހިރަފުސް ފޮޅައި ސާފުކުރުން

3. ހަފްތާ އަކު އެއްފަހަރު ކައުންސިލްގެ އިދާރާގެ އެތެރޭގައި މޮޕްލައި ކައުންސިލް އިދާރާގެ ފާޚާނާ ސާފުކުރުން

4. ކައުންސިލް އިދާރާގެ ގޯތެރޭގައި ހުންނަ ރުއްގަސް ކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ ގޯތިތެރެ ޒީނަތްތެރިކުރުމަށް ގޯތިތެރޭގައި ގަސް އިންދައި ބެލެހެއްޓުން

5. ކައުންސިލްގެ އިދާރާއިން ޢާންމު ކުރަންޖެހޭ އިޢުލާނު، ދެންނެވުން، އިސްތިހާރު ފަދަ ތަކެތި ކައުންސިލްގެ އިދާރާއިން އަންގަވާ ގޮތެއްގެ މަތިން ރަށުގެ އެކި ހިސާބުތަކުގައި ތަތްކޮށް، އަދި އާއްމުކޮށް އަންގަންޖެހޭ އެންގުންތައް ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން ގޮވާލުމާއި، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

6. އޮފީހަށް ޙާޟިރު ކުރަންޖެހޭ މީހުން ޙާޟިރުކުރުމާއި، ޖަލްސާ / ބައްދަލުވުން ފަދަ ކަންކަމަށް މީހުންނަށް ކިޔުމާއި، އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިއުންތައް ކައުންސިލް އިދާރާގެ ވެރިން އަދި މުވައްޒަފުން އަންގަވާ ގޮތެއްގެ މަތިން ހަވާލުކުރުން

7. ކައުންސިލް އިދާރާއިން ފާހަގަކުރާ އެކިއެކި ދުވަސްތަކާއި މުނާސަބުތައް ފާހަގަކުރުމަށް ތަން ތައްޔާރުކޮށް ޒީނަތްތެރިކުރުމާއި، ހަރާކާތްތައް ހިންގުމުގައި ބައިވެރިވުން

8. ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އިދާރާއާއި ގުޅިގެން ރަށަށް ޒިޔާރަތްކުރާ ޓީމުތަކާއި ދައުލަތުގެ ވެރިން ރަށަށް ޒިޔާރަތްކުރުމާއި ގުޅިގެން އެފަރާތްތަކަށް މަރުހަބާ ދެންނެވުމުގެ ގޮތުން ތަން ތައްޔާރުކުރުމާއި ޒީނަތްތެރިކުރުމަށްކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

9. ކައުންސިލުން ކުރުމަށް ނިންމާ ރަށު ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ކައުންސިލުން ރާވައިގެން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

10. ކައުންސިލް އިދާރާގައި ފެންނެގުމަށް ބޭނުންކުރާ ވަޅު ހަޑިވުމުން ވަޅުދިޔަ ހިއްކުމާއި އޭސީތައް ސާފުކޮށް ބެލެހެއްޓުން

މަޤާމްގެ ޝަރުތުތައް:

1. ލިޔަންކިޔަން އެގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަގާމުގެމަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

 

185

100

100

 

  • މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 28 ޖުލައި 2019 އާއި 08 އޮގަސްޓް 2019 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

                   ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                   11 ޛުލްޤައިދާ 1440

                   14 ޖުލައި 2019

                                     

 

 

                                                        ޙުސައިން ޙަބީބު ޢަލީ                                                     

                                                             ކައުންސިލްގެ ނައިބުރައީސް

2019-07-14