ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)AAAH-A-AD/INDIV/2019/4
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 18 ޖުލައި 2019 12:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މި ހޮސްޕިޓަލްގެ ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް:

 

ރިސެޕްޝަނިސްޓް

 

މަޤާމްގެ ނަމްބަރ:

J-266158

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

ޕަބްލިކް ރިލޭޝަން  

މަޤާމް އޮތް އޮފީސް

އއ. އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. އަތޮޅު ހޮސްޕިޓަލް

މުސާރަ:

 -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1500

ސަޕޯޓިވް ކޯ އެލަވަންސް 2:

 700/-  ރުފިޔާ

އެހެނިހެން އެލަވަންސް

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ހޮސްޕިޓަލަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ނަންބަރ ދޫކުރުން.
  2. އެކިއެކި ބޭނުން ތަކުގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުންނާއި ރީތިބަހުން ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކާ ބޭނުންވާ ޚިދުމަތްތެއް ފަހިކޮށް ދިނުމަށް މަސައްކަތްކުރުން.
  3. ހޮސްޕިޓަލްގެ ވެއްޓިން އޭރިޔާގައި ބެހެއްޓިފައިވާ ލީފްލެޓް ބޯޑުތައް ދުވަހުން ދުވަހަށް ރީތިކޮށް ތަރުތީބުކުރުން.
  4. ކޭޝިޔަރުން، ޕަބްލިކް ރިލޭޝަން އޮފިސަރުންނާއި އަދި ތަރުޖަމާނުން ނުހުންނަ ވަގުތު ތަކުގައި އެ މަސައްކަތާ ޙަވާލުވެ ކުރަމުން ގެންދިޔުން.
  5. ކޭޝިޔަރުން ޑިއުޓީގައި ނެތް ގަޑިތަކުގައި އޮންކޯލްގައި ހުންނެވުން. އަދި އެފަދަ ގަޑިތަކުގައި ފައިސާ ބަލާގަނެ ކޭޝިޔަރުންނާއި ޙަވާލުކުރުން.
  6. ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށް އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރުގައި ބައިވެރިވާން ޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ޙަރަކާތްތެރިވުން.
  7. ފޯނުކޯލުތަކަށް ރިވެތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރި ގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، ފޯނުކޯލުތައް ކުރުކުރުމަށް މަސައްކަތް ކުރުން.
  8. ކައުންޓަރ ކީބޯޑުގައިވާ ހޮސްޕިޓަލްގެ އެކިއެކި ތަންތަނުގެ ތަޅުދަނޑިތައް ކަޑައެޅިފައިވާ ޤަވާޢިދާއެއްގޮތްވާ ގޮތުގެ މަތިން ދޫކުރުމާއި، ބެލެހެއްޓުން.
  9. ޕަބްލިކް ރިލޭޝަން ސެކްޝަންގައި ދިމާވާ އެންމެހާ ކަންތައްތަކާއި ބެހޭގޮތުން ސެކްޝަންގައި އެވަގުތަކު އެންމެ އިސްކޮށް ހުންނަވާ މުވައްޒަފާއި ގުޅިގެން ސެކްޝަންގެ މަސްލަހަތު ހިފެހެޓުމަށް މަސައްކަތް ކުރުން.
  10. ހޮސްޕިޓަލްގެ ވެހިކަލް ތަކުގެ ޚިދުމަތްތަކާއި، ދަތުރުތައް ކަނޑައެޅިފައިވާ ޤާވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުވުން.

 

މަޤާމުގެ ޝަރުތު

 

      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން "ސެކެންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

 

 އެޑްމިނިސްޓްރޭޝަން

 ކަސްޓަމަރ ސަރވިސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިހޮސްޕިޓަލް ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

 ހ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 

 

 ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 ށ. އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

 

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

     މިނިސްޓުރީ އޮފް ހެލްތުގެ ވެބުސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖުލައި 2019ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، އއ.އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

-  މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2019 ވަނައަހަރުގެ ޖުލައި  މަހުގެ ތެރޭގައި މި ހޮސްޕިޓަލްގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، ޖުލައި މަހުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

-  މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

-  މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660645  ނަންބަރު ފޯނަށެވެ.

 

                        05 ޛުލްޤައިދާ    1440

                         08 ޖުލައި      2019

08 ޖުލައި 2019