މަސައްކަތް
ނަންބަރު: (IUL)267/267/2019/24
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 22 ޖުލައި 2019 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދުން

                                                                  ނަންބަރު: (IUL)267/267/2019/24

އިޢުލާން

ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދުން


               މިކައުންސިލްގެ ނަންބަރު:(IUL)267/267/2019/22 ( 10 ޖޫން 2019 ) އިޢުލާނުން ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖެހުމުގެ މަސައްކަތައް ހުށަހަޅާފައިވާ އަގުތަކަކީ މިމަސައްކަތައް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމަށް ފެންނާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.             

              ވީމާ މިކައުންސިލުގެ ފާރާތުން ދޭ ކުރެހުމަކާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދިނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 22 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޮގަސްޓް 05 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިކައުންސިލްގެ ނަމްބަރ 6520034 އާ ގުޅުއްވުން އެދެމެވެ. 

                       މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ

                              05 ޛުލްޤައިދާ   1440

                              08 ޖުލައި     2019

                                

08 ޖުލައި 2019