ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2019/41
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 15 ޖުލައި 2019 10:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ސ.ހިތަދޫގައި އިމާރާތްކޮށް ނިމިފައިވާ 264 ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ސ.ހިތަދޫގައި އިމާރާތްކޮށް ނިމިފައިވާ 264 ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/34 (25  ޖޫން 2019) އިޢުލާނުގެ ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޙް 2019 ޖުލައި 15 ވާ ހޯމަ ދުވަހުގެ 10:30 އަށް އިތުރުކުރެވިފައިވާކަން މަޢުލޫމާތަށަޓަކައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިޞްލާޙުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ 10:30 އިން ފެށިގެން 2019 މޭ 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.    
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖުލައި 14 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

07 ޖުލައި 2019