މަސައްކަތް
ނަންބަރު: (IUL)395/395/2019/45
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1430
ސުންގަޑި: 11 ޖުލައި 2019 1100
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް މަގުބައްތިޖެހުމަށް މިދަންނަވާ ސަރަޙައްދުތަކުގައި ކޯރުކޮނުމާއި ގުޅޭ

މިރަށު އަލަށް މަގުބައްތިޖެހުމަށް ބޭނުންވާ ސަރަޙައްދުތަކުގައި، ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، ކުރި މި ކައުންސިލްގެ ނަމްބަރ: (IUL)395-02/395/2019/41(24 ޖޫން 2019) އިޢުލާނާއި ގުޅިގެން ބިޑުހުށައަޅާފައިވަނީ 02 ފަރާތުން ކަމަށް ވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

  އަލަށް މަގުބައްތިޖެހުމަށް މިދަންނަވާ ސަރަޙައްދުތަކުގައި ކޯރުކޮނުމާއި ގުޅޭ:

             ބައެއް މަގުތަކުގައިބައްތި ޖެހުމަށްޓަކައި، ކޭބަލް އެޅުމަށް، ތިރީގައި މި ދަންނަވާ މަގުތަކުގައި ކޯރުކޮނުމުގެ މަސައްކަތް ކޮއްދޭނެފަރާތެށް ހޯދަން ބޭނުންވެއްޖެއެވެ.  

1. "މަލަސް" ގޯތީގެ ހުޅަނގު ފަރާތު ކަންމަތިންފެށިގެން، އިސްދޫ ސްކޫލްގެ ހުޅަނގު ފަރާތު ކަންމައްޗަށް 680 މީޓަރ ނުވަތަ 2244 ފޫޓް

2. "ފަޒާހައުސް" ގޯތީގެ އިންވެގެން އިރަށް އޮތް ގޯތީގެ އިރުދެކުނު ފަރާތު ކަންމަތިން ފެށިގެން، "ވިލާސަންގެ" ގޯތީ އިންވެގެން ދެކުނަށް އޮތް ގޯތީގެ އިރު ދެކުނުފަރާތު ކަންމައްޗަށް 610 މީޓަރ ނުވަތަ 2013 ފޫޓް

އަގުހުށައަޅާއިރު އަންނަނިވި ކަންކަމަށް ވިސްނަން ވާނެއެވެ.

          ޖުމްލަ 1290 މީޓަރ ނުވަތަ 4257 ފޫޓް ކޯރު ކޮންނަންޖެހޭނެއެވެ.

  • ކޮންމެ ކޯރެއްގެ ފުންމިނުގައިވެސް ދޮޅު ފޫޓް ހުންނަން ވާނެއެވެ.
  • އަގުހުށައަޅާއިރު، މީޓަރަކަށް، ނުވަތަ ފޫޓަކަށްވަކިން އަގުޖެހުމަށްފަހު، ޖުމްލަ އަގު ޖަހަން ވާނެއެވެ.
  • މަސައްކަތް ނިންމާނެ މުއްދަތު ބަޔާންކުރަން ވާނެއެވެ.
  • މިކަމަށް ބޭނުންވާ ކޭބަލް ދޭނީ ކައުންސިލްގެ އިދާރާއިންނެވެ.

         ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު:2014/18 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން އެދެމެވެ.

1 . މި ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  09 ޖުލައި 2019 ވާ އަންގާރަ  ދުވަހު  9:00 އިން 13:30އަށް ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ. މިކަމަށް އެދި ނަންނޯޓުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ ނަންނޯޓުކުރުމުގެ 01 ފުރުޞަތެވެ. ނަންނޯޓުކުރުމަށް ވަޑައިގަންނަވާ އިރު، ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއަކާއި، އެ ވިޔަފާރިއެއް ތަމްޞީލްކުރާ ފަރާތެއްކަން އެނގޭނެ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެންނަވަން ވާނެއެވެ.

2 . ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ބިޑު ހުށައަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ ބިޑު ހުށަހެޅުމުގެ 01 ފުރުޞަތެވެ. ބިޑު ހުށައަޅުއްވަން ވަޑައިގަންނަވާއިރު، ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއަކާއި، މީރާއަށް ފައިސާ ދައްކަވާފައިވާ އެންމެ ފަހުގެ ސްލިޕްގެ ކޮޕީއަކާއި، ވަޑައިގަންނަވާ ފަރާތަކީ، އެ ވިޔަފާރިއެއް ތަމްޞީލްކުރާ ފަރާތެއްކަން އެނގޭނެ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ އައި.ޑީކާޑު ގެންނަވަން ވާނެއެވެ.

          ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް، ނަންނޯޓުކުރުމަށާއި، ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                                                     1140 K04                         

                       07 ޖުލައި 2019

                                                              އިބްރާހީމް ޚަލީލް                                

                                            ކައުންސިލްގެ ރައީސް

2019-07-07