މަސައްކަތް
ނަންބަރު: GS110/IUL/2019/33
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1228
ސުންގަޑި: 24 ޖުލައި 2019 1100
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ށ. ގޮއިދޫ ސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް (ފަސްވަނަ އިއުލާނު)

މި ސްކޫލުންކުރި ނަމްބަރ  GS110/IUL/2019/28  އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ، އެ އިއުލާނު ބާތިލުކޮށް އަލުން (ފަސްވަނަ ފަހަރަށް) މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް މިސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

މި މަސްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2019 ޖުލައި 15 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 24 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ. ބީލަން ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާ މައުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

ހ. "ށ.ގޮއިދޫ ސްކޫލް އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ޕްރީ ބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ . 

2019-07-07