މަސައްކަތް
ނަންބަރު: (IUL)308/2019/25
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1226
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްޕްލާންޓް ޢިމާރާތްކުރުމަށް ކުރި އިޢުލާން ބާޠިލުކުރުމާއިގުޅޭ

އިޢުލާން

އައިސްޕްލާންޓް ޢިމާރާތްކުރުމަށް ކުރި އިޢުލާން ބާޠިލުކުރުމާއިގުޅޭ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން މިރަށުގައި 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާތީ، މިކައުންސިލްގެ ނަމްބަރު (IUL)308/2019/23 (2019 ޖޫން 30) އިޢުލާން ބާޠިލުކޮށްފީމެވެ. މިދެންނެވި އިޢުލާނަކީ އައިސްޕްލާންޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނެވެ.

މިއިޢުލާން ބާޠިލުކުރުމަށް ނިންމާފައިވަނީ 2019 ޖުލައި 07 ވަނަ ދުވަހު ބޭއްވި މިކައުންސިލްގެ ތިންވަނަ ދައުރުގެ 2019 ވަނަ އަހަރުގެ 27 ވަނަ ޢާއްމު ބައްދަލުވުމުންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

2019-07-07