ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CMCR/468/2019/103
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 11 ޖުލައި 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން

           ފުވައްމުލަކު ދޫނޑިގަން އަވަށުގެ ގޮމަކަސްތޫރި ގޯއްޗާއި އިންވެގެން އޮތް ހުސްބިމުގައި ނަންބަރ 01 ޖަހާފައިވާ ފުނަގަހުގެ މިލްކުވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، މިގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އެގަހަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަހެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ސިޓީ މެއިންޓެނަންސް ޔުނިޓަށް  (ކުރީގެ ރަށުއޮފީސް އިމާރާތް) ހުށަހެޅުއްވުން އެދެމެވެ.

02 ޖުލައި 2019