މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/195
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 10 ޖުލައި 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހއ.ހޯރަފުށި ސިއްހީމަރުކަޒު ހޮސްޕިޓަލްއަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ.ހޯރަފުށި ސިއްހީމަރުކަޒު ހޮސްޕިޓަލްއަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01 ޖުލައި 2019 ވާ ހޯމަ ދުވަހުން ފެށިގެން 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން 13:30 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 07 ޖުލައި 2019 ވާ އާދިއްތަަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 ޖުލައި 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

27 ޝައްވާލް 1440

30 ޖޫން 2019