ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) GS17 /2019/020
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 04 ޖުލައި 2019 13:30
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

 

 

    މަޤާމް:                        ހެލްތު އޮފިސަރ

   މަޤާމް ނަމްބަރ:                J284376

   ބޭނުންވާ އަދަދު:                01 (އެކެއް )

   ރޭންކް:                     އެމް އެސް 01

   ކްލެސިފިކޭޝަން :              ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

   މުސާރަ :                    -/5610 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ސަޕޯރޓިންގ ކޯ އެލަވެންސް:        -/700 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              ލ.އަތޮޅު ތަޢުލީމީ މަރުކަޒު

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ލ.އަތޮޅު ތަޢުލީމީ މަރުކަޒު

   ގުޅޭ ވަޒީފާގެ ދާއިރާތައް:            ހެލްތު ސަރވިސަސް

                       

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1-     ސްކޫލް ހެލްތް ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން ، ދަރިވަރުންނާއި މުވައްޒަފުންނަށް އަދި ބެލެނިވެރިންނަށް އަމާޒުކޮށް ރާވާ ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.

2-     ދަރިވަރުންނަށް ދެވޭ ހިދުމަތްތަކުގައި އެހީތެރިކަމާއި ފަރުވާތެރިކަން ބެލެހެއްޓުން

3-     ސިއްހީ ފަރުވާއަށް ބޭނުންވާ އެންމެހާ ތަކެތި ހޯދާ ބެލެހެއްޓުން އަދި ރެކޯޑްސް ބެލެހެއްޓުން.

4-     ސިއްހީ ގޮތުން ފާހަނގަކުރާ އެކި ދުވަސްތައް ފާހަގަކުރަން އެހީތެރިވެދިނުން.

5-     ސްކޫލްގެ ހެލްތް ސްކްރީން ހެދުން.

6-    ސްކޫލްގެ އިމާރާތާއި ގޯތިތެރެއާއި ފާހާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކޮށް ހައްލުކުރަންޖެހޭ ކަންކަން  ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށް އެކަންކަން ރަނގަޅުކޮށް ހައްލުކުރުން.

8-     ސިއްހީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން.

 

ޝަރުތު: 

        މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް :

1-                  ކޮމިއުނިޓީ ހެލްތް

2-                   ނާރސިންގ

3-                   ޕްރައިމަރީ ހެލްތް ކެއަރ

4-                   ޕަބްލިކް ހެލްތް

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

65

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

40

40

ޖުމްލަ

230

100

100

އިންޓަރވިއު ކުރުން

  މިމަޤާމަށް މީހަކު ހޮވުން ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޙާއި ގަޑި އިޢުލާން މުއްދަތު ހަމަވާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއިއެކު މިސްކޫލަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް ޢިމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާން ސުންގަޑި ހަމަވުމުގެ ކުރިން އަލަށް ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅާއިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

 

     މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

 

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ 6800013 ނަމްބަރާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

25 ޖޫން 2019