މަސައްކަތް
ނަންބަރު: FDC-IUL/2019/01
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 02 ޖުލައި 2019 12:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރާނެ ފަރާތެއް ހޯދުން

 

FAHI DHIRIULHUN CORPORATION

 

އިޢުލާން

 

      އިޢުލާން ނަންބަރު: FDC-IUL/2019/01   

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެދަށުން ޤާއިމްކުރެވޭ ފަހި ދިރިއުޅުން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ލޯގޯ ފަރުމާކުރުމަށް ބޭނުންވާތީ، އެފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

ލޯގޯގައި ހުންނަން ޖެހޭނެ މިންގަނޑުތައް ހިމެނެ ޓާރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި:  ލޯގޯ ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ޓާރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަކުރަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 7496614 ފޯނަށް ގުޅުއްވައި ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

22 ޝައްވާލް 1440

25 ޖޫން 2019

 

25 ޖޫން 2019