ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSPR/416/2019/48
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 18 ޖޫން 2019 12:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ގދ. މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ. މަޑަވެލީގައި ޢިމާރާތް ކޮށްފައިވާ 22 ހައުސިންގ ޔުނިޓްއަށް ފޯރމު ލީ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެފުރުޞަތު މިއަދު (11 ޖޫން 2019) ން ފެށިގެން 18 ޖޫން 2019 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ހުޅުވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

                            1)            ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއިއެކު މިވާ ލިސްޓުގެ އިތުރުން، މިއިދާރާގެ ވެބްސައިޓް www.madaveli.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

                            2)            ޝަކުވާ ހުށަހަޅާނީ މިއިދާރާގެ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ('ޝަކުވާ ހުށަހަޅާ ފޯމު' މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

                            3)            ޝަކުވާ ހުށަހަޅާނީ، 11 ޖޫން 2019 ވަނަ ދުވަހުން ފެށިގެން 18 ޖޫން 2019 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް، ރަސްމީ ދުވަސްދުވަހު ހެނދުނު 09:00 ން މެންދުރު 12:00 އާއި ދެމެދުގައެވެ.

                            4)            ހުށަހެޅޭ ޝަކުވާއަށް 19 ޖޫން 2019 އިން 30 ޖޫން 2019 އާއި ދެމެދު ލިޔުމުން ޖަވާބުދެވޭނެއެވެ.

ވުމާއެކު، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 

11 ޖޫން 2019