ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202L/1/2019/48
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 1311
ސުންގަޑި: 04 ޖޫން 2019 1800
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
eid dhuvahu faimagugai ulhey vaguthu hamajeysumaai behey

އިޢުލާން

                        1440އަހަރުގެ ފިޠުރު އީދާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ބާއްވާ ތަފާތު ކުޅިވަރުތަކުގައި އާއިލާތަކާއިއެކު ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފުރުޞަތު ދިނުމުގެ ގޮތުން ފިޠުރު ޢީދު ދުވަހު ( 2019 ޖޫން 4) ގެ ހަވީރު 16:00 ން ފެށިގެން އިރުއޮއްސި 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

                 ވީމާ، 2019 ޖޫން 4 ވާ އަންގާރަ ދުވަހުގެ ހަވީރު 1600 ން ފެށިގެން އިރުއޮއްސި 1800 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

1-      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު

2-      އެމްބިއުލެންސް

3-      ފުރާމީޙުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީއާޢި ޕިކަޕް

4-      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް

5-      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

6-      އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

           މިދެންނެވި 6 ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މާލޭ ސިޓީ ކައުންސިލުން ދޫކުރަމުންގެންދާނެއެވެ. މިހުއްދަ އެއުޅަނދުތަކުގައި ޢާއްމުކޮށް ފެންނަން ހުންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.

           މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެ ކަން ޢާއްމުކޮށް އަންގާ ޢިއްލާން ކުރީމެވެ.

                    28   ރަމަޟާން      1440

                     2     ޖޫން        2019

2019-06-02