ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC-PRO/1/2019/35)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝާނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ސްޓެޓިސްޓިކަލް އެންޑް މާކެޓް އެނަލިސިސްގެ މަސައްކަތް އެއްއަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް، މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ، މަޖީދީ މަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖޫން 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
28 ރަމަޟާން 1440 ހ.
02 ޖޫން 2019 މ.