|
މަޤާމް:
|
ޕްރޮޖެކްޓް އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
J-273391
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ،
|
|
މުސާރަ:
|
5610.00 ރުފިޔާ ( މަހަކު )
|
|
ސަރވިސް އެލެވަންސް:
އެހެނިހެން އެލަވަންސް:
|
2000.00 ރުފިޔާ ( މަހަކު )
1 – ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ ( މަހަކު )
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ ވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރަށުގެ ތަރައްޤީއަށް ހިންގޭ ޕްރޮޖެކްޓްތައް ރާވާ ހިންގުމާއި އެކަންކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި ކުރެހުންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް އެ ޕްރޮޖެކްޓްތައް ފޮނުވުމާއި އެކަން އޮތްގޮތް ބަލައި އެކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރަށުގައި ހިންގަމުންގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން މުވައްޒަފާ ހަވާލުކުރެވޭ ޕްރޮޖެކްޓްތަކާއި، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް އެ ޕްރޮޖެކްޓްތަކާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުމާއި އެ ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށް ދުވަހުން ދުވަހަށް ހުށަހެޅުން.
- ރަށުގެ ތަރައްޤީއަށް ބޭނުންވާ ތަފާތު ޕްރޮޖެކްޓުތައް ފުރިހަމަކޮށް އެ ޕްރޮޖެކްޓުތަކާއި ބެހޭ ބީއޯ ކިޔޫއާއި އަދި އެނޫންވެސް ތަފްޞީލީ ލިޔުންތަކާއި ކުރެހުންތައް ނިންމަވައި، ރާއްޖެއާއި އަދި ރާއްޖޭންބޭރުގެ ފަރާތްތަކަށް އެ ޕްރޮޖެކްޓްތައް ހުށަހަޅައި އެހީ ލިބޭނެ މަގުތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރަށުގެ ތަރައްޤީއަށްޓަކައި ހިންގަމުންގެންދާ ޕްރޮޖެކްޓުތައް އިންސްޕެކްޓްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެކަމާއި ގުޅޭ ގޮތުން ފުރިހަމަ ކުރަންޖެހޭ ރެކޯޑުތައް ފުރިހަމަކޮށް، ލިޔަންޖެހޭ ރިޕޯޓްތައް ލިޔެނިންމުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ކަމާބެހޭ ފަރާތަށް ރިޕޯޓްކުރުމާއި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
- ޕްރޮޖެކްޓުތަކުގެ ބިޑުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމައި، މަޢުލޫމާތު ދިނުމާއި، އަދި ބިޑް ހުށަހަޅާ ދުވަހު ބިޑް ބަލައިގަތުމުގެ މަސައްކަތް ކުރުން.
- ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ޚިދުމަތުގެ ބިލްތައް، ހޯދުމާއި، އަދި އެބިލް ތަކާއެކު ފޮނުވަންޖެހޭ ލިޔުންތައް ހަމަކޮށް އެ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބަޖެޓް އެންޑް ފައިނޭންސް ޔުނިޓާއި ބިލްތައް ލިޔުމުން ހަވާލުކުރުން.
- ޕްރޮޖެކްޓް ތަކާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަ ތަކާއި ބެހޭ ލިޔުންތަކާއި، ފައިސާގެ ބިލްތައް ބެލެހެއްޓުމާއި ޕްރޮޖެކްޓް ތަކާއި ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަ ތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުމާއި، އަދި ޙަވާލުކުރެވިފައިވާ މައްސަލަތަކުގެ ލިޔެކިޔުންތައް ތަރުތީބުކޮށް، ޤަވާއިދުން ފައިލްކޮށް އެ ލިޔުންތައް ބެލެހެއްޓުން.
- ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން އެކި ފަރާތަތަކަށް ފޮނުވަންޖެހޭ ދުވަސް، ހަފުތާ މަސް އަހަރު ރިޕޯޓްތައް ފޮނުވުމަށް ބޭނުންވާ މައުލޫމާތުތައް އެޑްމިން އެންޑް އެޗްއާރު ޔުނިޓަށް ޙަވާލު ކުރުމާއި، އަދި އަދި ރަށުގައި ހިނގަމުންދާ ޕްރޮޖެކްޓާއި ބެހޭ ގޮތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ރިޕޯރޓްތައް ފޮނުވުން.
- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
1 - ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕިޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6 - ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7 - ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8 - މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކުފޯމް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- ލިބިފައިވާ ހުނަރު
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 10 ވާ ހޯމަ ދުވަހު ގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު، އޮންނާނެތަނާއި މުއްދަތު:
ޝޯޓް ލިސްޓްކުރުން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖޫން 13 އާއި، 2019 ޖޫން 23 އާ ދެމެދު ދުވަހެއްގައި އިހަވަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
|
|
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ސޯޓްލިސްޓް ކުރެވޭނެއެވެ.
މި އިދާރާގެ ފޯން ނަންބަރު 6500013
އީ- މެއިލް ކުރަނީ [email protected]
18 ރަމަޟާން 1440
23 މެއި 2019
|