މަސައްކަތް
ނަންބަރު: C15C-A/2019/15
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 03 ޖޫން 2019 11:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް

    ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 30 އޭޕްރީލް 2019 ދުވަހު ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/10 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ. 

    ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިކަންހުރި ފަރާތްތަކުން 27 މެއި 2019 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވި މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

    އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 03 ޖޫން 2019

    އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

    އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މަޢުލޫމާތު ސާފުކުރެއްވި މެޖިސްޓްރޭޓް ކޯޓަށް. 

22 މޭ 2019