ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ގުޅީފަޅު ސްޓާފް ކެންޓީން ހިންގާނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-A/5/ADV/2019/52) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
| 
 ތަފްސީލް  | 
 ތާރީހް  | 
 ގަޑި  | 
 ތަން  | 
| 
 މައުލޫމާތު ސާފުކުރުން  | 
 27 މެއި 2019  | 
 11:00  | 
 އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)  | 
| 
 އަގު ހުށައެޅުން  | 
 03 ޖޫން 2019  | 
 11:30  | 
 އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)  | 
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް