މަސައްކަތް
ނަންބަރު: (IUL)438-CCD/438/2019/113
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 21 މޭ 2019 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ޓު ސަޕޯޓް ކަލެކްޝަން އޮފް މެރިން ކަރަންޓް ޑޭޓާ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ޕްރޮކިއުމެންޓް އޮފް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ޓު ސަޕޯޓް ކަލެކްޝަން އޮފް މެރިން ކަރަންޓް ޑޭޓާ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިޓަލީސަރުކާރުގެ އެހީގައި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 'އޯޝަން އެނަރޖީ އެސެސްމެންޓް' މަޝްރޫއަށްމެރިން ކަރަންޓް ޑޭޓާ ނެގުމަށް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި IUL)438-CCD/438/2019/74)  ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި މަޢުލޫމާތު ފުރިހަމަނުވުމާއި އަދި ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ، މިމަސައްކަތުގެ ޓާރމް އޮފް ރިފަރެންސާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީން ހުޅުވައިލަމެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  21 މޭ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. 

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ޕްރޮކިއުމެންޓް އޮފް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ޓު ސަޕޯޓް ކަލެކްޝަން އޮފް މެރިން ކަރަންޓް ޑޭޓާ

އިޢުލާނު ނަންބަރު:IUL)438-CCD/438/2019/113)    

ނޯޓް:މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

14 މޭ 2019