ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2019/31
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
ޕަބްލިޝްކުރި ގަޑި: 2256
ސުންގަޑި: 15 މޭ 2019 1200
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެސްޓް ޕާރކް ސަރަހައްދުގައި ހަދާފައިވާ ވަގުތީމާރުކޭޓުން ގޮޅި ދޫކުރުމާއި ބެހޭ

       ރަމަޟާން މަހާގުޅިގެން މިކައުންސިލްގެ ފަރާތުން ، ރަށްރަށުން މާލެ އަންނަ ދަނޑުވެރިން ގެންނަ ކަރާ،ކުރުނބާ ،ކާށި، އަދި ގަބުޅި ފަދަތަކެތި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކުރީގެ ވެސްޓް ޕާރކު ސަރަހައްދުގައި ގާއިމްކޮށްފައިވާ ވަގުތީކާރުކޭޓުން ގޮޅިދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޮޅި ދޫކުރަން ހަމަޖެހިފައިވަނީ 01 މަސްދުވަހުގެ މުއްދަތަށެވެ.

       ވީމާ، ކުރީގެވެސްޓްޕާރކު ސަރަހައްދުގައި ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓުން ގޮޅިބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ޢާންމުޚިދުމަތްތަކާއި ބެހޭބައިން ( ތައިސޭކޮށި ) ގޮޅިއަށް އެދޭ ފޯމްނަންގަވައި ފުރުއްވުމަށްފަހު 15 މެއި 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޢާންމުޚިދުމަތްތަކާ ބެހޭބަޔަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

                                       7 ރަމަޟާން    1440

2019-05-12