މަސައްކަތް
                	
                ނަންބަރު: (IUL)GS-23/PRIV/2018/17
                    ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
                    ޕަބްލިޝްކުރި ގަޑި:  11:58
                                            ސުންގަޑި: 
                            23 މޭ 2019 11:00
                        
                    
                މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރާނެ ފަރާތެއް ހޯދުން
                                `
| މ. އަތޮޅު ތަޢުލީމީ މަރުކަޒު | |
| މ. މުލި | |
| ދިވެހިރާއްޖެ. | 
އިޢުލާން ނަންބަރ: (IUL)GS-23/PRIV/2019/17
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 12 އިން 2019 މެއި 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 16 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 19 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 7952901 ، 9763141
އީ-މެއިލް: [email protected]
07 ރަމަޟާން 1440
12 މެއި 2019
                12 މޭ 2019