މަސައްކަތް
ނަންބަރު: GS84/IUL/2019/07
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 23 މޭ 2019 11:00
މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ
ދިވެހިރާއްޖެ
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމާއި ބެހޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 12 އިން 2019 މެއި 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 16 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 19 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  • ބީލަން ހުޅުވުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މޮޅަދޫ ސްކޫލްގައެވެ.

 

  • މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މޮޅަދޫ ސްކޫލް

ހއ.މޮޅަދޫ

ފޯން: 6500561

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް:6500561@gmail.com

 

 

04 ރަމަޟާން 1440

09 މޭ 2019