ޢާންމު މަޢުލޫމާތު
ނަންބަރު: (A)EC-2014/84
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 17:45
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
15 ފެބުރުވަރީ 2014 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރާބެހޭ

އިޢުލާން

2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ޤާނޫނު ނަންބަރު: 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް 2014 ފެބުރުވަރީ 15 ވާ ހޮނިހިރު ދުވަހު ހއ. މުރައިދޫ ކައުންސިލާއި، ރ. މާކުރަތު ކައުންސިލާއި، ބ. ފެހެންދޫ ކައުންސިލާއި އަދި ގއ. ކޮނޑޭ ކައުންސިލް ގެ ބޭއްވުމަށް ވަނީ ކޮމިޝަނުން ނިންމަވާފައެވެ.

އަދި 2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާވް ކުރުމަށާއި، މޮނިޓަރ ކުރުމަށް އަދި މިކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓު އެއްވަރުވެފައިވާ ދެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރެވިފައިވާ ފާސް 15 ފެބުރުވަރީ 2014 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ބޭނުންކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  6 ރަބީޢުލްއާޚިރު 1435

06 ފެބުރުވަރީ 2014