ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)428-A/1/2019/9
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 1249
ސުންގަޑި: 05 މޭ 2019 1200
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ހުނަރުވެނި 2019 ނަމުގައި ސްކިލް ޝޯއެއް ބޭއްވުން.

އިޢުލާން

ހުނަރުވެނި 2019ގެ ނަމުގައި ޓިވެޓް އޮތޯރިޓީއިން އިންތިޒާމުކޮށްގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ފަންނީ، ޘަޤާފީ އަދި ސިނާއީ މަސައްކަތްތަކާއި، ހުނަރު ދައްކާލުމަށް މި އަހަރުގެ ޖޫންމަހުގެ 23 އަދި 24، މި ދެދުވަހުގެ މުއްދަތައް ދަރުބާރުގޭގައި [ސްކިލްސް ޝޯ] އެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ [ހުނަރުވެނި 2019ގައި ބައިވެރިވުމަށް އެދޭ ފޯމު] ފުރުއްވުމަށްފަހު، ފޯމުގައިވާ ލިޔުންތަކާއިއެކު 2019 މެއި 15 ވާ (ބުދަ) ދުވަހުގެ މެންދުރު 12:00ގެ ކުރިން ޓިވެޓް އޮތޯރިޓީ (ގ. އެދުރުހިޔާ، 9 ވަނަ ފްލޯ) އަށް ފޮނުއްވުން އެދެމެވެ.

އީމެއިލް މެދުވެރިކޮށް ފޯމު ފޮނުއްވާނަމަ، މި އޮތޯރިޓީގެ އީމެއިލް އެޑްރެސް: [email protected] އަށް ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3341313، 3341399 އަށެވެ. 

2019-04-25