| 
 މަޤާމު: 
 | 
 އައި.ޓީ ޓެކްނީޝަން 
 | 
 ބޭނުންވާ ޢަދަދު 1 
 | 
| 
 މުސާރަ 
 | 
 މަހަކު 8585.24 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް 
 | 
 މަހަކު 3679.39 ރުފިޔާ 
 | 
| 
 އޮފީސް 
 | 
  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ 
 | 
| 
 ސްޕައިން ޕޮއިންޓް 
 | 
 30 
 | 
 ގްރޭޑް 
 | 
 ADG5-7 
 | 
| 
 މަޤާމުގެ ޝަރްޠުތައް: 
 | 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
 
 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަ ހައްލުކުރުމާއި އަދި ހައްލު ނުކުރެވޭފަދަ ކަމެއްނަމަ، ސަރުކާރުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބަޔަކު ހޯދައި ވެރިއެއްގެ އިރުޝާދުގެ މަތިން މައްސަލަ ހައްލުކުރުން.
 
- ކޮމްޕިއުޓަރތަކުގެ ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ހައްލުކުރުމާއި، ސޮފްޓްވެއަރ އަޅައި އެ ބޭނުންކުރާނޭ ގޮތުގެ އިރުޝާދުދީ މުވައްޒަފުންނާއި ދަރިވަރުންނަށް ތަމްރީނު ދިނުން.
 
- އިންޓަރނަލް ނެޓްވާރކާއި، ސާރވަރ، ވައިފައި، ސީސީ  ޓީވީ ފަދަ ނެޓް ވާރކްތައް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
 
- ކޮމްޕިއުޓަރ ފޯމެޓް ކުރުމާއި، ސޮފްޓްވެއަރ ހޯދުމާއި އައި.ޓީ ޔުނިޓަށް ހޯދަންޖެހޭ ތަކެތި ހޯދުން.
 
- ކޮމްޕިއުޓަރތަކަށް އެންޓިވައިރަސް އަޅައި އެ އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ފެކްސް، ފޯން ލައިންތަކާ ދިމާވާ މައްސަލަތައް ވެވުނުހައި އަވަހަކަށް ރަނގަޅުކުރުމާއި، ރަނގަޅުނުކުރެވޭ ކަމެއް ދިމާވެއްޖެނަމަ، އެކަމަކާ ގުޅޭ އިދާރާއެއް މެދުވެރިކޮށް އެކަމެއް ކުރުން.
 
- އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވެދިނުން.
 
- ކޮމްޕިއުޓަރ ލެބާއި ކުލާސްތަކުގައި ހަރުކުރެވިފައި ހުންނަ އައިޓީ ގުޅުންހުރި ތަކެތި ބެލެއްޓުން.
 
- ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.
 
- ޔުނިވަރސިޓީގައި ކުރެވޭ އެކިއެކި މުހިންމު މަސައްކަތްތަކުގައި އަމަލީ ގޮތުން އުޅެ، ޔުނިވަރސިޓީއަށް އެހީތެރިކަން ދިނުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރުން.
 
 
 | 
| 
 އުޖޫރައާއި ޢިނާޔަތްތައް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
 
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
 
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
 
 
 | 
| 
 ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: 
 | 
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
 
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
 
 | 
| 
 ނޯޓް: 
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
-  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
 
 
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވަރސިޓީގެ ކިޔަވައިދެމުންދާ ސެމެސްޓަރ ތެރޭގައި މެންދުރު ފަހު ޑިއުޓީގައެވެ. ސެމެސްޓަރ ބަންދު ތެރޭގައި ހެނދުނު ޑިއުޓީގައެވެ. (ޔުނިވަރސިޓީގެ މުވައްޒަފުންގެ މަސައްކަތު ވަގުތަކީ ހެނދުނު 8:00 ން ރޭގަނޑު 10:00 އާ ދެމެދު 6 ގަޑިއިރު)
 
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ  05 މެއި 2019 އިން  31 މެއި 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚު:    
 | 
- 02 މެއި 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
 
 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.
 
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
 
 |