ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)281-CA/281/2019/12
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 1004
ސުންގަޑި: 28 އޭޕްރިލް 2019 1300
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

`

 

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ

ށ. ކޮމަންޑޫ، ދިވެހިރާއްޖެ

SECRETARIAT OF THE KOMANDOO COUNCIL, NORTH MILADHUNMADULU

                             

                                                    ނަންބަރު:IUL)281-CA/281/2019/12)

ވަޒީފާގެ ފުރުޞަތު – އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

 

އިޢުލާނު

 މަޤާމް:

 އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

 މަޤާމުގެ ނަންބަރު:

 306106-J  

 ބޭނުންވާ އަދަދު:

 01 ( އެކެއް )

 މަޤާމުގެ ގިންތި:

 ވަގުތީ ( 2އަހަރު)

 މަޤާމުގެ ރޭންކް:

 ޖީއެސް4

 މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ށ ކޮމަންޑޫ ކައުންސިލްގެ އިދާރާ / ށ ކޮމަންޑޫ

 މުސާރަ: 

 މަހަކު 5020.00 ރުފިޔާ

 ސަރވިސް އެލަވަންސް:

 މަހަކު 1500.00 ރުފިޔާ

 ސަޕޯރޓިންގ ކޯ އެލަވަންސް 2:

 މަހަކު -/700 ރުފިޔާ

 އިތުރު ޢިނާޔަތްތައް:

 1.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންބޭސްފަރުވާގެޚިދުމަތް.

 2.   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.

 3.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާ.

 މަޤާމުގެ މައިގަނޑު      މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 1.  އިދާރާއިން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި މަސައްކަތްތަކާއި، އެހެނިހެން ކަންކަން ޕްލޭން ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއިއެކު އެފަދަ ކަންކަން ޕްލޭންކުރުމުގައި ރައްޔިތުންނަށާއި، އިދާރާއަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭގޮތަށް ކަންކަން ރާވާ ހިންގުން.

2. ޕްލޭނިންގ އޮފިސަރެއްގެ ހައިސިއްޔަތުން އިދާރާގެ ކަންކަން ޕްލޭންކުރުމުގައި އެފަދަ ޕްލޭންތަކުން ރައްޔިތުންނަށް ނުވަތަ އިދާރާއަށް އޭގެ ސަބަބުން ގެއްލުމެއް ލިބިދާނެ އެއްވެސްކަމެއް ޕްލޭންކުރުމުގެ ތެރޭގައި ހިމެނިފައިވޭތޯ ރަނގަޅަށް ބަލާ އެފަދަ ކަމެއް ހިމެނިފައިވާނަމަ އިދާރާ ހިންގުމާ ހުންނެވި އިސްފަރާތަކަށް އެންގުމާއިއެކު އެކަން އިސްލާހްކުރުމަށް މަސައްކަތްކުރުން.

 3.  ކައުންސިލް އިދާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކޮށް ހިންގުން.

 4.  ކައުންސިލުން ހިންގުމަށް ރާވާ އެކިއެކި މަޝްރޫއުތަކާއި ޕްލޭންތައް ރޭވުމާއި އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކުރުން. 

 

 5.  ކައުންސިލްގެ ވާރކްޕްލޭން ތައްޔާރުކުރުމާއި ކައުންސިލްގެ ވާރކް ޕްލޭންގައި ހިމަނާފައިވާ ޕްރޮގްރާމްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުން.

6.  ސަރުކާރުން ހިންގާ ބިންހިއްކުން، ބަނދަރުހެދުން، ގިރާސަރަހައްދު ޙިމާޔަތްކުރުން، ގެދޮރު އިމާރާތްކުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައްފަދަ، ކަންކަން ތަންފީޒުކުރުމުގައި މަސައްކަތްކުރާ އިންޖިނޭރުން ނުވަތަ ޕްރޮޖެކްޓް މެނޭޖަރުންނަށް ބޭނުންވާ އެހީތެރިކަން ދިނުން.

7.  ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ ތަރައްޤީ ޕްލޭނާއި މިނޫނަސް ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭންތަކަށް އަންނަ ބަދަލުތައް އަފްޑޭޓްކޮށް ބެލެހެއްޓުން.

 8.  ބޯހިމެނުންފަދަ ޕްލޭނިންގާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ރަށުގައި އުޅޭ ބިދޭސީންގެ ރަޖިސްޓްރީއާއި މިނޫނަސް ތަފާސް ހިސާބާއި ގުޅިގެން ދަފްތަރުކޮށް ބަލަހައްޓަންޖެހޭ ރަޖިސްޓްރީތައް ބެލެހެއްޓުން.

 9.  ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ރަށުގެ ފަޅާއި ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭގޮތަށް ޕްލޭންކުރުން.

 10. ރަށުގެ މަގުތައް ހެދުމާއި ރަށުގެ ބަނދަރާއި ފާލަމާއި، ފެރީޓާމިނަލްގެ ޕްލޭން ހެދުން.

11.  ކުނިނައްތާލުމުގެ ޕްލޭންހެދުން. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރައްގިރުން ހުއްޓުވުމަށާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑުތޮށި މަރާމާތްކުރުމަށް ޕްލޭންތައް ހެދުން.

 12.   މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ  އެހެނިހެންކަންތައްތައް ކުރުން

  މަޤާމުގެ ޝަރުޠުތައް:

' 1..ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ، 2' .މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ، 3 .މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1.   ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް  ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

 2.   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3.   ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 4.   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާ  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.

 5.   ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ  ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ   ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6.   ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7.   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8.   މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ  އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ  ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ  މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް 

 ވަޒީފާއަށް އެންމެ ޤާބިލު    ފަރާތެއް  ހޮވުމަށް ބެލޭނެ   ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

 މަޤާމަށް އެދެންވީގޮތާއި    ސުންގަޑި:

 

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޭޕްރިލް 2019 ގެ 13:00 ގެ ކުރިން،      ށ ކޮމަންޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި    އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،    އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 އިންޓަވިއު އޮންނާނެ ތަނާއި،   މުއްދަތު:

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 12 މެއި 2019 އާއި  16 މެއި 2019 އާ ދެމެދު، ށ ކޮމަންޑޫ ކައުންސިލްގެ އިދާރާގައެވެ. 

 ޝޯޓް ލިސްޓްކުރުން:

   މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،  ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540027 ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

17 އޭޕްރިލް 2019

12 ޝައުބާން 1440

2019-04-17