ދިވެހިރާއްޖެ
އިޢުލާން
| އައުޓްޑޯރ ބެންޗު ހޯދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ | 
މި ސުކޫލުގެ ގޯތިތެރޭގައި ބަހައްޓާނެ އައުޓްޑޯރ ބެންޗު ހޯދަދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސުކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
| މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން | ޅައިމަގު ސްކޫލް އޮފީސް | 
| މަޢުލޫމާތު ސާފުކުރެއްވުން. | 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި | 
| އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. | 28 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި | 
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 އޭޕްރީލް 2019