މަސައްކަތް
ނަންބަރު: 29/2019/(IUL)P2C
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 21 އޭޕްރިލް 2019 13:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުން

ނަންބަރު: 29/2019/(IUL)P2C

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ.

 

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ބައެއް ކުޑަދޮރުތައް ބަދަލުކުރުމާއި، ކަރަންޓް ޕޮއިންޓް އެޅުމާއި، އިމާރާތުގެ ފާރުތަކުން ކަނޑައިގެން ގޮސްފައިވާ ތަންތަން ބެއްދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު 17/2019/(IUL)P2C އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަށްޖެހޭތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 25 އޭޕްރީލް 2019 ވާ ބްރާސްފަތި ދުވަހުގެ 13:45 އަށް މަޢުލޫމާތު ނެންގެވި ކޯޓަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.

16 އޭޕްރިލް 2019