މަސައްކަތް
ނަންބަރު: GS-186/IU/2019/09
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 28 އޭޕްރިލް 2019 11:00
އިސްދޫ ސްކޫލް
ދިވެހިރާއްޖެ
އިސްދޫ ސްކޫލް ސްޓޭޖް ހިޔާކުރުމަށް ބޭނުންވާ ތަކެތި ގެނެސްދީ އަދި ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

 

 

އިޢުލާން


 

މި ސްކޫލް ގްރޭޑް 6 ގެ ކުލާސް ރޫމުގެ އަސްކަނި އަދި ދެކުނު ކޮޅުބިތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު( 45/GS-186/IU/2018  ) އިޢުލާނާއި ގުޅިގެން ދެ ފަރާތުން ނަންނޯޓް ކުރުމާ ގުޅިގެން އެއިޢުލާން ބާތިލް ކުރުމަށްފަހު ދެވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.

 

މި ސްކޫލް ގްރޭޑް 6 ގެ ކުލާސް ރޫމުގެ އަސްކަނި އަދި ދެކުނު ކޮޅުބިތްމަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

           މި ސްކޫލް ގްރޭޑް 6 ގެ ކުލާސް ރޫމްގެ ދެކުނު ކޮޅުބިތް އަދި އެ ކުލާސް ރޫމްގެ ދެކޮޅު އަސްކަނި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

           ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަމަލްކުރުން އެދެމެވެ.

 

1 . މިބީލަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  17 އޭޕްރީލް 2019 ވާ ބުދަ  ދުވަހު  9:00 އިން 13:00އަށް އިސްދޫ ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ.

 

2 . މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހު 14:00 އިސްދޫ ސްކޫލް ގައެވެ.

 

3 . މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން އިސްދޫ ސްކޫލަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

 

4 . ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 އޭޕްރީލް 28 ވާ އާދިއްދަ ދުވަހުގެ 11:00 ގައި އިސްދޫ ސްކޫލްގައެވެ.

 

Û އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި ސްކޫލުގެ 6800562 ނަންބަރު ފޯނަށެވެ.

 

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޭޕްރިލް 2019