ދެންނެވުން
ނަންބަރު: (IUL)431-AHP/1/2019/07
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:48
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ޕާމަނަންޓް ސާރވޭ މާރްކް ޕްލޭޓް ވިއްކުމާބެހޭ

އިޢުލާން

 

ޕާމަނަންޓް ސާރވޭ މާރްކް ޕްލޭޓް ވިއްކުމާބެހޭ

 

ދިވެހިރާއްޖޭގެ ރަށްރަށް ސާރވޭކުރުމަށްޓަކައި ޖަހާ ޕާމަނަންޓް ސާރވޭ މާރްކް ޕްލޭޓްގެ އަގަށް 06 މާރިޗު 2019 ފެށިގެން ވަނީ ބަދަލު އައިސްފާއެވެ. މިގޮތުން 06 މާރިޗު 2019 އިން ފެށިގެން ޕާމަނަންޓް ސާރވޭ މާރްކް ޕްލޭޓް ވިއްކާ އަގަކީ ޕްލޭޓެއް 1000.00ރ (އެއްހާސް ރުފިޔާ) އެވެ. އަދި ޕްލޭޓް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި މިއޮތޯރިޓީން އިންނެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.          

09 ޝައުބާން 1440ހ.

14 އެޕްރީލް 2019މ.

14 އޭޕްރިލް 2019