ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)337/337/2019/24
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 22:40
ސުންގަޑި: 21 އޭޕްރިލް 2019 14:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރާންސް ފޯމަރ ބެހެއްޓުމަށް ދޫކޮށްފައިވާ ދެބިމުގައިވާ ރުއްގަހުގެ ބަދަލު ދިނުމާއި ގުޅޭ (.)

(IUL)337/337/2019/24  ނަމްބަރ

 

 

 

އިޢުލާން

ޓްރާންސް ފޯމަރ ބެހެއްޓުމަށް ދޫކޮށްފައިވާ ދެބިމުގައިވާ ރުއްގަހުގެ ބަދަލު ދިނުމާއި ގުޅޭ (.)

 

މާފުށީ އިންޖީނުގޭގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ކަރަންޓްގެ ނެޓްވޯކް ރަނގަޅުކޮށް ވަރުގަދަކޮށް އެންޕިއަރ ކެޕޭސިޓީ އިތުރުކުރުމަށް ހިންގެވުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަށް ބޭނުންވާ ޓްރާންސް ފޯމަރ ބެހެއްޓުމަށް ބޭނުންވާ ބިން މިއިދާރާގެ ފަރާތުންވަނީ މާފުށީ އިންޖީނުގެއަށް ހަމަޖައްސަވައި ދެއްވާފައެވެ. އެގޮތުން ކަނޑައެޅިފައިވާ ދެ ބިން 27 މާރޗް 2019 ވަނަ ދުވަހުވަނީ އިން ފާހަގަކޮށް ވަކިކޮށްދެވިފައެވެ.

އެ ދެބިމުގައި ހުރި ރުއްގަހަކީ ބަދަލު ދިނުމަށްފަހު ނަގަންޖެހޭ ރުއްގަހަކަށްވާތީ އެ ރުއްގަހުގެ ވެރިފަރާތުން އެމީހެއްގެ އެއްޗެއްކަން އަންގައިދޭ ހެކިންގެ މަޢުލޫމާތާއި އެކު 11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް 07 ( ރަސްމީ ބަންދު ނުހިމަނަ )ދުވަހުގެ ތެރޭގައި ސިޓީން މިއިދާރާއަށް ހުށަހަޅުއްވާ ބަދަލު ހޯއްދެވުން އެދެމެވެ. އަދި އެ މުއްދަތުގެ ތެރޭގައި މިއިދާރާއަށް ސިޓީ ހުށަ ނާޅުއްވައިފިނަމަ ވެރިފަރާތެއް ނެތްކަމުގައި ބަލާ ނައްތާލެވޭނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ތިރީގައި މިދަންނަވަނީ އެބިމާއި އެބިމުގައި ހުރި ރުއްގަހުގެ މަޢުލޫމާތު:

  1. " ކާރނޭޝަންމާގެ" އާއި "ގްރީންޕާކް" ގޯތީގެ ހުޅަނގުން އޮތް ބިމުގެ އެއްގަމަށް ކާރނޭޝަންމާގެ ގޯތީގެ ހުޅަނގު ކަންމަތިން ދެކުނަށް 20.0 ފޫޓް × 15.0 ފޫޓް ( ކަޑަޖަހާ ވަކިކުރެވިފައިވާ ) ހުސްބިން #01 ޖަހާފައިވާ ބޮޑު އެއްރުއް އަދި އިންދާ ރޯކޮށްފައިވާ ދިއްގާ ދަނޑިއާކާއި މަގޫ ގަސްތަކެއް.
  2. " ކޮމްރެޑްވިލާ" ގޯއްޗާއި "ވިވިޑް" ގޯތީގެ މެދުން ހުޅަނގަށް އޮތް ހުސްބިމުން އެއްގަމަށް 20.0 ފޫޓް × 15.0 ފޫޓް ( ކަޑަޖަހާ ވަކިކުރެވިފައިވާ ) ހުސްބިން#02  ޖަހާފައިވާ ބޮޑު އެއްރުއް އަދި އިންދާފައި ހުރި 04 ކުޑަ ރުކާއި މަގޫގަސްތަކެއް.

11 އޭޕްރީލް 2019

 

11 އޭޕްރިލް 2019