ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިސްކޫލުގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމުގައި ބޭނުން ކުރާނެ ޓީޝާރޓް ތައްޔާއްރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލުގެ ނަންބަރ HS-B/IUL/2019/01 (27 މާރޗު 2019) އިޢުލާން އާއި ގުޅިގެން ބީލާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވަނީ 2 ފަރާތުން ކަމުގައިވާތީ އެއިޢުލާން ބާތިލް ކޮށް، މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 10:30 ށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 18 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
05 ޝަޢުބާން 1440