ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: JS-B/2019/30
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 1418
ސުންގަޑި: 15 އޭޕްރިލް 2019 1100
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރު ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް 04 ކޮމްޕިއުޓަރު ސިސްޓަމް ހޯދުމަށް ކުރެވުނު ނަންބަރު: JS-B/2019/29 އިޢުލާނާއި ގުޅޭ މަޢުލޫމާތަށް މުހިއްމު ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި ސްކޫލުން ދެވޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް ކޮމްޕިއުޓަރު ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2019 ވާ ހޯމަ ދުވަހު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޭޕްރިލް 2019 ވާ ބުދަ ދުވަހު 11:00 އަށް މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ  ވާހަކަ ދެންނެވީމެވެ.

2019-04-10