ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2019/14
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 1104
ސުންގަޑި: 18 އޭޕްރިލް 2019 1200
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ / ލެކްޗަރަރ

ވަޒީފާގެ ފުރުޞަތު

މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދި ކޮށްފައިވާ ނަންބަރު 170HRI2019/13މ (07 މާރިޗް 2019) އިޢުލާން ބާޠިލުކުރުމަށް ފަހު އަލުން އެ މަޤާމަށް އިޢުލާނު ކުރަމެވެ.

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު 15246.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 6534.00 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް

ސްޕައިން ޕޮއިންޓް/ގްރޭޑް:

ADG8-1/46

މަޤާމުގެ ޝަރްޠުތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  10 ގެ ސެޓްފިކެޓެއް ބިޒްނަސް މެނޭޖްމަންޓް /  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ހާސިލްކޮށްފައިވުން.
         

ސީނިއަރ ލެކްޗަރަރގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލެކްޗަރަރ

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް

ސްޕައިން ޕޮއިންޓް/ގްރޭޑް:

ADG7-1/40

މަޤާމުގެ ޝަރްޠުތައް:

  • ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  7 ގެ ސެޓްފިކެޓެއް ބިޒްނަސް މެނޭޖްމަންޓް /  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ހާސިލްކޮށްފައިވުމާއެކު ލެވެލް 9 ގެ ސެޓްފިކެޓެއް ބިޒްނަސް މެނޭޖްމަންޓް /  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ހާސިލްކޮށްފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
  • ޓިއުޓޯރިއަލް އާއި އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
  • ޕާރޓްޓައިމް ލެކްޗަރާރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
  • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  • އެކަޑަމިކް ރިސަރޗް ކުރުމާއި، ރިސަރޗް ޕަބްލިޝް ކުރުމުގައި ފެކަލްޓީތަކުގެ ބޭފުޅުންނާއިއެކު މަސައްކަތް ކުރުން.
  • ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަރވައިޒް ކުރުން.
  • މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
  • މަޤާމާއި ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިނާޔަތްތައް ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (މަސައްކަތާ ގުޅުންހުރި ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

 

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
  • 8:00 އިން ރޭގަނޑު 22:00 އާ ދެމެދު ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ވޯކްލޯޑް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ  21 އޭޕްރީލް 2019 އިން  31 މެއި 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ސުންގަޑި:

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 18 އޭޕްރީލް 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

2019-04-08