ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު މާދަނޑު އަވަށުން ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ.

    "ކޮންސްޓްރަކްޝަން އޮފް ރިންގް ރޯޑް އެޓް ފުވައްމުލައް" ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ ގެ މުވައްޒަފުން ތިބުމަށްޓަކައި މަދުވެގެން 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން، ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ސަމާން،  އަދި ފަރުނީޗަރާއި ކަރަންޓާއި ފެން ހިމެނޭގޮތަށް، މި ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ފުވައްމުލަކު މާދަނޑު އަވަށުން ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

    ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 04 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

01 އޭޕްރިލް 2019
ހޯދާ