ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/075
އިޢުލާން
ގދ.މަޑަވެލި އަދި ގދ.ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ގދ.މަޑަވެލި އަދި ގދ.ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. އަދި މި ޕްރޮޖެކްޓަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރއެވެ. މިމަސައްކަތުގެ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓަކީ ވިއްކާ ގޮތަށް ހަމަޖެހިފައިވާ ޑޮކިއުމަންޓެއް ކަމުގައި ދަންނަވަމެވެ.
· ބިޑް ޑޮކިއުމަންޓްގެ އަގު:100.00 ޔޫ.އެސް.ޑޮލަރު (ސަތޭކަ ޑޮލަރު) ނުވަތަ އެޢަދަދަށްވާ ދިވެހި ފައިސާ (ނޮން ރިފަންޑަބަލް)
· ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 03 އެޕްރީލް 2019 އިން 09 އެޕްރީލް 2019ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހުގެ 13:30 އަށެވެ.
· ފައިސާ ބަލައިގަންނަ ތަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް( ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާ)
· މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށްބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 10 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައިއެވެ.
· ބިޑާއި ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކުރުން އޮންނާނީ 10 އެޕްރީލް 2019ގެ ޕްރީބިޑް މީޓިންއަށްފަހު 20 އެޕްރީލް 2019 ގެ ނިޔަލަށެވެ. ބިޑާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ޓެންޑަރ ސެކްޝަންގެ އީމެއިލް [email protected] އަށް ކުރެވުން އެދެމެވެ.
· މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000.00 ޔޫ.އެސް.ޑޮލަރު (ދިހަ ހާސް ޔޫ.އެސް.ޑިލަރު) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ޗެކް ނުވަތަ މޯލްޑިވްސް މަނިއްޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓްރީކޮށްފައިވާ އިންސްރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންސްރެންސް ޕޮލިސީގެ އޮރިޖިނަލްއެވެ. ޗެކް ވާންވާނީ ބެންކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަހަޅަންވާނީ އަންދާސީ ހިސާބު ހުށައަޅާ ކުންފުނީގެ ނަމުގައެވެ.
· މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.
· މި ބިޑްގައި ބައިވެރިވެވޭނީ ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތަކަށާއި ޕްެރީބިޑް މީޓިންގައި ބައިވެރިވާ ފަރާތްތަކަށް އެކަނިއެވެ.
· ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައި ވަނީ 25 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ޕްރީބިޑް މީޓިންއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ބިޑް ސެކިޔުރިޓީ އޮރިޖިނަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.ބިޑް ޑޮކިޔުމަންޓްގައި އަންދާސީ ހިސާބާއި އެއްކޮށް ހުށަހަޅަން ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
24 ރަޖަބު 1440
31 މާރިޗް 2019
