މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްގެ މައި އިމާރާތުގެ ބޮޑުދޮރުގެ އެއް ދޮރުފަތް ޓެމްޕަރޑް ގުލާސްގައި ހަދާ ހަރުކޮށްދޭނެ ފަރާތެއްހޯދުން

އިޢުލާން

                                                      ނަންބަރު: MMS-A/2019/07

މިސަރވިސްގެ މައި އިމާރާތުގެ ބޮޑުދޮރުގެ އެއް ދޮރުފަތް ޓެމްޕަރޑް ގުލާސްގައި ހަދާ ހަރުކޮށްދޭނެ ފަރާތެއްހޯދުން

                        މިސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް)ގެ އޮފީހަށްވަންނަ މައިދޮރުގެ އެއް ދޮރުފަތް އަމިއްލަތަކެތީގައި ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އެޕްރީލް 02 ވާ އަންގާރަ ދުވަހު  11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ސާރވޭ ކުރެއްވުމަށް 31 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިސަރވިސްއަށް ވަޑައިގެން ދެއްވުން އެދެމެވެ.           

އަންދާސީ ހިސާބު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު:

 1. ދޮރުފަތުގައި ބޭނުންކުރާ ބިއްލޫރީގެ މަޢުލޫމާތު:

- ބިއްލޫރީގެ ވައްތަރު: ރިފްލެކްސް ބިއްލޫރި،

- ބިއްލޫރީގެ ބޯމިން: 12 އެމްއެމް.

2. ދޮރުފަތާއި ބެހޭ މަޢުލޫމާތު:

- ފުލޯރހިންގާރސް ހަރުކުރުން،

- ދޮރުފަތުގެ ދެފަރާތުގައި އަތްގަނޑު ހަރުކުރުން،

- ދޮރުފަތުގައި ތަޅުންގަނޑާއި އެކީގައި ޖެހޭކަހަލަ ތަޅުހަރުކުރުން.

3. ތަކެތީގެ އަގު:

4. މަސައްކަތުގެ އަގު

5. މަސައްކަތް ނިންމޭނެ މުއްދަތު

 

  • މަތީގައިވާ ގޮތަށް ދޮރުފަތް، ހަރުކުރުމުގެ އަގާއި އެކު އަންދާސީ ހިސާބު ހުށައެޅުއްވުން.

 

  • އެސްޓިމޭޓް ހުށައަޅުއްވާއިރު، ބިއްލޫރި ދޮރުގެ ރޭޓް އަދި އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެގެން އޮންނަން ވާނެއެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާ ބިއްލޫރި ދޮރު ވާންޖެހޭނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި މިހާރުވެސް ބިއްލޫރިދޮރު ހަރުކުރުމަށް ތައްޔާރުކުރެވިފައވާ ފުރޭމަށް ފިޓްވާނެ ބިއްލޫރި ދޮރުފަތަކަށެވެ. އަދި މި ބިއްލޫރި ދޮރުގެ އަންދާސީ މިންތަކަކީ 690 އެމްއެމް އަދި 2040 އެމްއެމް އެވެ.
  • އަންދާސީ ހިސާބު ހުށައަޅުއްވާ ބިއްލޫރި ދޮރުވާންޖެހޭނީ މިހާރުވެސް ހަރުކުރެވިފައިވާ ބިއްލޫރި ދޮރުގެ އަނެއްފަޅި އާއި އެއްގޮތަށް، އެދޮރުގައި ހިމެނޭ ހުރިހައިބައިތަކެއް ހިމެނިފައިވާ ދޮރުފަތަކަށެވެ.

 

  • އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
  1. ކުންފުނީގެ ޕްރޮފައިލް
  2. ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
  3. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  4. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރީގައި ސާރވޭ ކުރުމަށްބޭނުންވާ ފަރާތްތައް މަތީގައި ދެންނެވިފައިވާ ތާރީޚުގައި މިސަރވިސްއަށް ވަޑައިގެން ސާރވޭ ކުރެއްވުންއެދެމެވެ.  

 

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

 Minimum Quoted Price) / (Quoted Price) x 70)

70

  1. މުއްދަތު:  Shortest Delivery Period) / (Quoted Delivery Period) x 15)

15

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 0.5 ޕޮއިންޓްގެ ރޭޓުންނެވެ. މިފަދަ 10 ލިޔުމަށް ވުރެ އިތުވާ ނަމަވެސް ލިބޭނީ 10 ޕޮއިންޓެވެ.)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ.

05

  1. ވޮރަންޓީ:

10

 

 

 

 

 

 

 

 

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
  3. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

                        20 ރަޖަބު 1440

27 މާރިޗު 2019
ހޯދާ