މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ - 25 ރަށަކަށް

ޕްރޮޖެކްޓް އޮފިސަރ - 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓް

ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ގްރީން ކްލައިމެޓް ފަންޑުން 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫޢުގެ ދަށުން 25  ރަށަކަށް ވާރޭފެން ނަގާރައްކާކުރާ ނިޒާމެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު އަމަލީ މަސައްކަތްކުރާ ކޮންޓްރެކްޓަރުގެ މަސައްކަތްތައް ބަލައި މޮނިޓަރކުރުމަށްޓަކައި 25  ރަށެށްގައި ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި މުވައްޒަފަކު ނެގުމަށްބޭނުންވެއެވެ.

ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަގާމު ގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި ހުންނާނެއެވެ.

ޕްރޮޖެކްޓް އޮފިސަރުން ބޭނުންވާރަށްތަކުގެ ލިސްޓް

 

1. އއ. ހިމަންދޫ

2. އއ. ބޮޑުފޮޅުދޫ

3. އއ. މަތިވެރި

4. އދ. ކުނބުރުދޫ

5. އދ. ދިގުރަށް

6. ދ. ބަނޑިދޫ

7. ދ. މީދޫ

8. ދ. ހުޅުދެލި

9. މ. ރަތްމަންދޫ 

10. މ. ވޭވަށް 

11. މ. ނާލާފުށި

12. ތ. ވަންދޫ

13. ތ. ގާދިއްފުށި

14. ތ. އޮމަދޫ

15. ތ. ކަނޑޫދޫ

16. ތ. ކިނބިދޫ

17. ތ. ދިޔަމިގިލި

18. ގއ. ނިލަންދޫ

19. ގއ.މާމެންދޫ

20. ގއ.ކޮނޑޭ

21. ގދ.ފަރެސްމަތޮޑާ

22. ގދ.ފިޔޯރި

23. ގދ.ނަޑައްލާ

24. ގދ.ރަތަފަންދޫ

25. ގދ.ހޯނޑެއްދޫ

 

ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް

 

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)

·         ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

·         ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

·         ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

·         ލިބިފައިވާ ތަޖުރިބާ ގެ ރެފެރެންސް ސިޓީ ނޫނީ ރެފެރެންސް ހޯދަން ގުޅޭނެ ނަންބަރެށް.

·          

 

ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

މި މަގާމުތަކަށް ކަނޑައަޅާފައިވާ އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަކަށް ޖުމްލަ 5000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅޭނެއެވެ.  

 

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 26 މާރިޗު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް [email protected] އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާރަށް އިންގޭނެ ގޮތަށް ލިޔުވާފައި  އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު:

          ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

          ހަނދުވަރީ ހިނގުން،މާފަންނު،މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު،ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018386،3018318 

          އީމެއިލް : [email protected]

12 މާރިޗު 2019
ހޯދާ