މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީގައި ތިއްބަވާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު 

  1. މިނިސްޓްރީ އޮފް ޑިފެންސްގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ހދ.ކުޅުދުއްފުށީގައި ތިއްބަވާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު: (IUL)13-K/13/2018/186 އިޢުލާނަށް ހުށަހެޅުނު ބީލަންތައް ބާތިލުކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މާރިޗު 11 އިން 2019 މާރިޗު 20 އަށް ތިރީގައިވާ އެޑްރަހަށް މެއިލްކުރުމުން ރެޖިސްޓްރީ ކޮށްދެވޭނެއެވެ.
  3. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މާރިޗު 19 އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުންއެދެމެވެ.
  4. ބިޑު ހުޅުވުން އޮންނާނީ 2019 މާރިޗު  21 ވާ ބުރާސްފަތި  ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މިޕްރޮޖެކްޓުތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.
  6. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މިޕްރޮޖެކްޓްގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ނެޝަނަލް ޓެންޑަރ

     މިނިސްޓްރީ އޮފް ފިނޭންސް

     އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

     ފޯން: 3349106 ، 3349296

     އީ-މެއިލް: [email protected]

     ކޮޕީ: [email protected]

10 މާރިޗު 2019
ހޯދާ