މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
(Falsified ICLUSIG (Ponatinib HCL) އާއި ގުޅޭ

ނޫސް ބަޔާން

(Falsified ICLUSIG (Ponatinib HCL) އާއި ގުޅޭ

 

      މިއޮތޯރިޓީގެ ނޫސްބަޔާން ނަންބަރު: 182-MTG/NB/2019/01  އާއި ޙަވާލާދީ ދަންނަވަމެވެ.

 

             ހަވާލާދީފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ Ponatinib HCL ގެ އިތުރު ބެޗްތައް އަދި އިގިރޭސި ނޫން ބަސްބަހުން ލޭބަލްކޮށްފައިވާ ބޭސް ދުނިޔޭގެ އެކި ޤައުމުތަކުގައި ދައުރުވަމުން ދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ވަނީ އަންގާފައެވެ.

 

            މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް  ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިބޭސް އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.

 

ICLUSIG 45 mg (30Tabletten)

ICLUSIG 45 mg (30Tablets)

Product Name

INCYTE Biosciences UK Ltd

INCYTE Biosciences UK Ltd

Stated Manufacturer

PR0834170

PR072875

Batch Number

06/2020

12/2019

Expiry Date

German

English

Language of Packaging

 

            ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން  ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

 

  29 ޖުމާދިލްއާޚިރާ 1440

06 މާރިޗު 2019
ހޯދާ