ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ދިވެހި ސަރުކާރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ އެންވަޔަރަންމަންޓް މެނޭޖްމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް: ފޭސް1ގެ ދަށުން ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ވަނީ ހަމަޖެހިފައެވެ.
2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ އެދިލެއްވުމުގެ މަތިން ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާނު ނަންބަރު (IUL)13-K/13/2019/10 އިސްލާހުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. އަދި ކޮންޓްރެކްޓްގައި ސޮއި ކުރެވޭ މުއްދަތުން ފެށިގެން 6 މަސް ދުވަސް ތެރޭގައި އިކުއިޕްމަންޓްސް ޑެލިވަރ ކުރަންޖެހޭނެއެވެ.
ލޮޓް ނަންބަރު |
ތަފްސީލް |
އަދަދު |
ބިޑް ސެކިއުރިޓީ (ޔޫ.އެސް.ޑީ) |
ލޮޓް 1 |
އިންޑަސްޓްރިއަލް އެންޑް މޮބިލައިޒޭޝަން ވޭސްޓް ޝްރެޑަރ |
1 |
3،500.00 |
ލޮޓް 2 |
އިންޑަސްޓްރިއަލް އެންޑް މޮބައިލް ރޮޓޭޓިންގް ސީވިންގް މެޝިން |
1 |
2،500.00 |
ލޮޓް 3 |
ބުލްޑޯޒަރ |
1 |
4،000.00 |
ލޮޓް 4 |
އެކްސްކަވޭޓަރ، ވީލް ލޯޑަރ އެންޑް ވޭސްޓް ހެންޑްލަރ |
2 |
11،500.00 |
ލޮޓް 5 |
އާރމް ރޯލް ޓްރަކް |
2 |
5،500.00 |
ކޮންޓެއިނަރސް |
20 |
||
ލޮޓް 6 |
މޮބައިލް މުނިސިޕަލް ސޮލިޑްވޭސްޓް ބޭލަރ |
1 |
8,800.00 |
ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން އެއް ލޮޓް ނުވަތަ އެއްވުރެ ގިނަ ލޮޓަށް ބިޑް ކުރެވޭނެއެވެ.
3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގް އުސޫލުން އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވަލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
4. މި ބީލަމުގައި ބައިވެރިވެވޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް އެކަނިއެވެ.
ޝަރުތު |
ލޮޓް 1 |
ލޮޓް 2 |
ލޮޓް 3 |
ލޮޓް 4 |
ލޮޓް 5 |
ލޮޓް 6 |
3 އަހަރު ދުވަހުގެ އެވަރޭޖެ އެނުއަލް ޓާރން އޯވަރ |
ޔޫ.އެސް.ޑީ 1،460،000 |
ޔޫ.އެސް.ޑީ 896،000 |
ޔޫ.އެސް.ޑީ 1،560،000 |
ޔޫ.އެސް.ޑީ 4،6161،000 |
ޔޫ.އެސް.ޑީ 2،260،000 |
ޔޫ.އެސް.ޑީ 3،520،000 |
3 އަހަރު ދުވަހުގެ ތެރޭގައި މެއިން ސަޕްލަޔަރުގެ ގޮތުގައި މަދުވެގެން މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން |
ޔޫ.އެސް.ޑީ 292،000 |
ޔޫ.އެސް.ޑީ 179،200 |
ޔޫ.އެސް.ޑީ 312،000 |
ޔޫ.އެސް.ޑީ 923،200 |
ޔޫ.އެސް.ޑީ 452،000
|
ޔޫ.އެސް.ޑީ 704،000 |
6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 16 ޖަނަވަރީ 2019އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ
7. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސްފަސްސަތޭކަ) ރުފިޔާ ނުވަތަ 100.00 (ސަތޭކަ) ޔޫ.އެސް.ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 16 ޖަނަވަރީ 2019 އިން 14 މާރިޗު 2019އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ.
8. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 29 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ 10:00ގައެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 7 މާރިޗު 2019ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
9. ބީލަން ހުޅުވުން އޮންނާނީ 17 މާރިޗު ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.